ބަރަކާތްތެރި ރަމަޟާންމަހާ ގުޅިގެން ގއ.ވިލިނގިލި ކަައުންސިލުން ހާއްޞަ ޙަރަކާތެއް މިއަދު ވަނީ ކުރިއަށް ގެންގޮސްފައެވެ. މި ޙަރަކާތުގެ ދަށުން، ކައުންސިލްގެ ރައީސް އާއި މެމްބަރުން ވިލިނގިލީގެ ގޭގެއަށް ޒިޔާރަތްކޮށް، ލޮބުވެތި ރައްޔިތުންގެ ޙާލު އޮޅުން ފިލުވައި، އަދި ކޮންމެ ގެއަކަށް ކައުންސިލުން ހަނޑޫ އަދި ހަކުރު ބަސްތާއެއް ވަނީ އަރުވާފައެވެ. މި ޙަރަކާތުގެ ސަބަބުން ރައްޔިތުންނާ ގާތުން ބައްދަލުކޮށް، އެ ފަރާތްތަކުގެ ކަންބޮޑުވުންތަކާއި ހިޔާލުތައް އަޑުއެހުމުގެ އިތުރުން، ރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަން ދެނެގަތުމުގެ ފުރުސަތު ކައުންސިލަށް ލިބިގެން ދިޔައެވެ. މިފަދަ ޙަރަކާތްތަކަކީ ރައްޔިތުންނާއި ކައުންސިލާ ދެމެދު އޮންނަ ގުޅުން ބަދަހިކޮށް، ރަށުގެ ތަރައްޤީއަށް މަގުފަހިކުރުވާނެ ކަމެއް ކަމުގައި ކައުންސިލުން ފާހަގަކުރެއެވެ.
ބަރަކާތްތެރި ރަމަޟާންމަހާ ގުޅިގެން ގއ.ވިލިނގިލި ކަައުންސިލުން ހާއްޞަ ޙަރަކާތެއް މިއަދު ވަނީ ކުރިއަށް ގެންގޮސްފައެވެ.
26-02-2026